އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
އައްޑޫސިޓީގައި ހުންނަ ފެނަކަ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި ކަރަންޓު ކެނޑުނީ އިންޖީނަކަށް ލޯޑު ބޮޑުވެގެން ކަމަށެވެ. އަވަށްތަކުގެ އިތުރަށް އިންޖީނުގެއިން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.
މައްސަލަ ޙައްލުކޮށް މިހާރުވަނީ ސިޓީގެ އެކި ސަރަޙައްދުތަކަށް ކަރަންޓު ދޭން ފަށައިފައެވެ. ފެނަކައިން ވިދާޅުވީ ފަހަރަކު ސަރަޙައްދަކަށް ކަރަންޓު ދެމުން ގޮސް އިރުކޮޅެއްގެތެރޭގައި ހުރިހާ ހިސާބަކަށް ކަރަންޓު ލިބޭނެ ކަމަށެވެ.