17:49 އުރީދޫ ކަލަރް ރަން ނިންމާލައިފި. މި ދުވމުގައި 2،000 އަށްވުރެ ގިނަ މީހުން ބައިވެރިވި.
16:54 އުރީދޫ ކަލަރ ރަން ގައި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގު (ސޯބެ) ބައިވެރިވެ ވަޑައިގަންނަވާ

16:45 ޝަރަފުއްދީނު މަގުން ލިންކު ރޯޑަށް ބައެއް ބައިވެރީން އަރަނީ. ފުރަތަމަ ކިލޯމީޓަރު ހަމަވުމާއެކު ބަިވެރީންގެ ގަޔަށް ވަނީ ކުލަ ޖަހާފައި.

16:37 ރޭސް ކުރިއަށްދަނީ ބޮޑުމަގުން ގޮސް ޝަރަފުއްދީނު މަގުން އަޅައިގެން ލިންކު ރޯޑުން ގޮސް، ނިންމާނީ ސްޓޭޖު ސަރަހައްދަށް
16:05 އުރީދޫ ކަލަރ ރަން ފަށައިފި. ރޭސް ފަށްޓަވައި ދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު

16:00 ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ސްޓެޖު ސަރަހައްދަށް ވަޑައިގެންފި

15:55 ކުޑައިރުކޮޅެއްގެ ތެރޭގައި ރޭސް ފެށޭނެ

15:47 ދުވުން ކުރިއަށްދާއިރު ފަސް ޕޮއިންޓަކުން ކުަލަ ޖަހާނެ. ރޭސް ނިންމަން ވަކި ގަޑިއެއް ނެތް. ހިނގަމުން، ނަށަމުން، ޖޮގު ކުރަމުން ވެސް ރޭސް ނިންމައިލެވޭނެ.
15:40 ކަލަރ ރަންގެ ބައިވެރިން ރޭސް ފަށަން ތައްޔާރުވެފައި

15:36 މިވަގުތު އުޑުމަތި އޮތީ ވަރަށް ބަނަކޮށް
15:26 މިހާރު ކުރިއަށް ދަނީ ވޯމްއަޕް ކުރުން

15:06 އައްޑޫ ސިޓީ ހިތަދޫގައި މިއަދު 4:00 ގައި ފަށާ އުރީދޫ ކަލަރ ރަން ގެ ބައިވެރިން ރަން ބާއްވާ ސްޓޭޖު ސަރަޙައްދަށް ޖާމާވާން ފަށައިފި. މިދުވުމަކީ 5 ކިލޯ މީޓަރުގެ ކުރުދުވުމެއް. ދުވުން ފަށާނީ ވެސް އަދި ނިންމާނީ ވެސް ހިތަދޫ ސްޓޭޖު ސަރަޙައްދަށް.
ދުވުމަށް ތައްޔާރުވަމުންދާއިރު ހިތަދުއަށް ދެންމެ ވާރޭވެފައި މިހާރުވަނީ ހުއްޓާލައިފައި. އެހެންނަމަވެސް އުޑުމަތި އަދިވެސް އޮތީ ކޮންމެވެސް ވަރަކަށް ބަނަކޮށް.

