މީހެއްގެ ލޮލަށް ބުޅިއެއް ވަދެގެން މާލެ ގެންނަނީ

ފ. ފީއަލީ ދިރާސާ ދޯނިން މަހަށް ގޮސް އުޅުނު ޢުމުރުން 57 އަހަރުގެ މީހެއްގެ ލޮލަށް ބުޅިއެއް ހެރިނގެން މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ މަޢުލޫމާތު މިއަދު 9:47 ގައި ލިބުމާއެކު އެމީހާއަށް އަވަސް ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އދ. މަންދޫ ހުޅަނގުން 111 ނޯޓިކަލް މޭލު ބޭރުގައި އެ ދޯނި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ހާމަކުރައްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.