ރޯވިން އޯޕަންޑޭ މާދަމާ ހިތަދޫގައި އޮންނާނެ

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އޯޕަންޑޭ މާދަމާ އައްޑޫސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި އޮންނާނެ ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޙަބީބު ވިދާޅުވީ މިޙަރަކާތް އޮންނާނީ މަދަމާ ހަވީރު 4:00 އިން 5:00 އަށް ކަމަށެވެ. މިޙަރަކާތުގައި ފަލިޖެހުމާއި، އެއާ ބެހޭ މަޢުލޫމާތު ފޯރިކޮށްދެވޭނެއެވެ. "މިއީ ފަލިޖެހުމުގެ ފުރުސަތު އެންމެންނަށްދީ މިކުޅިވަރަށް މީހުން ޝައުގުވެރި ކުރުވުމަށް ބާއްވާ ޙަރަކާތެއް" ޙަބީބު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.