ތިން ރަށެއްގެ ބަދަރު ހަދަން ދެކުންފުންޏަކާ މިއަދު ޙަވާލުކޮށްފި

ރާއްޖޭގެ ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަން މިނިޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ދެ ކުންފުންޏަކާ މިއަދު ޙަވާލު ކޮށްފިއެވެ.

އެ މަސައްކަތްތައް ޙަވާލު ކުރައްވައިފައިވަނީ އެމްޓީސީސީއާއި ސާސް އީ ކޮންސްޓްރަކް ޝަން ކުންފުންޏާއެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއް ގައި، ށ. ނޫމަރާގެ ބޭރު ތޮއްޓާއި ނެރު ބައްތި އަދި ގްރޮއިން ޖަހަން ހަވާލުކުރީ

ސާސް އީ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލު ކުރީ ށ. ނޫމަރާގެ ބަނދަރު ތޮށި ލައި ނެރުބައްތި ޖެހުމާއި އަދިވެސް ބައެއް މަސައްކަތްތައް ކުރުމަށެވެ. އެ މަސައްކަތް ޙަވާލުކުރީ އެއް އަހަރުތެރޭ ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 9.9 މިލިއަން ރުފިޔާއެވެ.

ނ. ހެނބަދުއާއި އައްޑޫ ސިޓީ މީދޫ ބަނދަރު ގެ މަސައްކަތް ޙަވާލު ކުރީ އެމްޓީ ސީސީއާއެވެ. ހެނބަދޫ ބަދަރުގެ މަސައްކަތް އެކުންފުންޏާ ޙަވާލު ކުރީ 26.6 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަހެވެ. ހެނބަދޫ ބަނދަރުގައި ކުރަންޖެހޭ މަސައްކަތަކީ ނެރު ފުންކުރުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ހަރުކުރުމާއި ބޭރު ތޮށި ޖަހައި ރިވެޓްމަންޓް ޖެހުމެވެ.

މީދޫ ބަނދަރުގެ މަސައްކަތް ޙަވާލު ކުރީ 35.4 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ޙަވާލުކުރީ އަހަރު ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އެރަށު ބަނދަރުގައި ކުރަންޖެހޭ މަސައްކަތަކީ ބަނދަރު ފުންކޮށް، ބޭރު ތޮށި ލުމާއި، އެއްގަމު ތޮށި ހެދުމާއި، ނެރު ބައްތި ޖެހުމާއި، ލައިޓު ޖަހުމެވެ. މިއީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކެކެވެ.

މި މަސައްކަތްތައް ޙަވާލު ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.