12 ގަޑިއިރު ތެރޭ 2.2 މިލިއަން މީހުން 'ޕަނީނީ' ބަލައިފި

ޒުވާން ރެޕަރ، އުމުރުން 20 އަހަރުގެ ލިލް ނާސް އެކްސް ގެ 'ޕަނީނީ' އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. ބުރާސްފަތި ދުވެހުގެ ރޭ ޔޫޓިއުބަށް 'ޕަނީނީ' އަޕްލޯޑު ކުރުމާއެކު މިހާތަނަށް 2.2 މިލިއަން މީހުން ވަނީ އެ ލަވަ ބަލައިފައެވެ.

"ޕަނީނީ" އަކީ ސޭންޑްވިޗެއް ނަމަވެސް މި ލަވައިގައި 'ޕަނީނީ' ނިސްބަތްކުރަނީ 'ޗޯވްޑަރ' ކާޓޫނުގެ ކެރެކްޓަރ، ޕަނީނީ އަށެވެ. ލިލް ނާސްވަނީ ޓުވިޓަރ މެދުވެރިކޮށް އެކަން ޔަގީންކޮށްދީފައެވެ. އޭނާ ބުނީ އެއީ ސޭންޑްވިޗެއްގެ ވާހަކަ ނޫންކަމަށެވެ.

"ޕަނީނީ އަކީ ލިލް ނާސްގެ ދެވަނަ ސިންގަލް އެވެ. އޭނާގެ ފުރަތަމަ ސިންގަލް އަކީ "އޯލްޑް ކަންޓްރީ ރޯޑް' އެވެ. އެ ލަވަ ވަނީ ހިޓު ވެފައެވެ.

"ޕަނީނީ" އަކީ ދެ މިނިޓުގެ ކުރު ލަވައެކެވެ. މި ލަވައިގެ ކްރެޑިޓް ލިސްޓުން ފާހަގަކުރެވުނު އެއް ނަމަކީ ކަރޓް ކޮބެއިންގެ ނަމަވެ. ކަރޓް ކޮބައެިން އަކީ މަޝްހޫރު ރޮކްބޭންޑް 'ނިރްވާނާ' ގެ ފްރަންޓްމޭން އެވެ. އޭނާ އަކީ ކުޅަދާނާ މިއުޒީޝަނެކެވެ.

މި ލަވައިގައި 'ނިރްވާނާ' ގެ 'އިން ބްލޫމް' ގެ މެލަޑީ ހިމަނާފައިވެއެވެ. އެޕަލް މިއުޒިކް ބީޓަށް ދީފައިވާ އިންޓަރވިއުއެއްގައި ލިލް ނާސް ވަނީ އޭނާ އަދި ދުވަހަކުވެސް އެ ބޭންޑުގައި ރަޖިސްޓަރީ ވެފައިނުވާ ކަމަށް ބުނެފައެވެ. ނަަމަވެސް ނިރްވާނާގެ 'ނެވެރމައިންޑް' އަލްބަމަށް ތައާރަފްވީ ޕަނީނީގެ ސަބަބުން ކަމަށެވެ.

ޕަނީނީ އަށް ގިނަބައެއްގެ ސަމާލުކަން ލިބެމުންދާއިރު ލިލް ނާސް ވަނީ ލަވައިގެ ރިމިކްސްގައި ބައިވެރިވުމަށް ދުނިޔޭގެ މަޝްހޫރް ޝެފް ގޯޑްން ރަމްޒޭ އަށް ދައުވަތު ދީފައެވެ. އޭނާގެ ޓުވީޓުގެ ޖަވާބުގައި ގޯޑްން ރަމްޒޭ ވަނީ އިތުރު ތަފްސީލަށް އެދިފައެވެ. ގޯޑްން ރަމްޒޭ އަކީ އެހެން ޝެފުންނާ ޚިލާފަށް ސޯޝަލްމީޑީއާއިން އޭނާއަށް ޓުވީޓު ކުރާ މީހުންގެ ޓުވީޓުތަކަށް ޖަވާބު ދޭ ޝެފެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ކާއެއްޗެތީގެ ފޮޓޯ އާ އެކު އޭނާގެ ބަހަކަށް އެދުމުން ކޮށްފައި ހުންނަ ހެއްވާ ކޮމެންޓެވެ. 

ލިލް ނާސްގެ 'ޕަނީނީ' މިހާރު އޮތީ ޔޫޓިއުބްގެ ޓްރެންޑިން ލިސްޓުގެ ދެވަނައިގައެވެ. އޭނާގެ ފުރަތަމަ އަލްބަމް '7' ވަނީ މީގެ އިރުކޮޅެއް ކުރީން ނެރެފައެވެ. މި އަލްބަމްގައި 'ޕަނީނީ' އާއެކު 7 ލަވަ ހިމެނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.