ޙަރަކާތް ހުއްޓިފައި އޮތް މީހަކަށް ފަރުވާދޭން ފަށައިފި

މާފަންނު ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގައި ޙަރަކާތް ހުއްޓިފައިއޮތް ދިވެއްސަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ފެނުނުއިރު އަނގައިން ފޮނުވެސް އައިސްފައިވާ ކަމަށެވެ. އެމީހާ މިހާރުވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަކީ ޢުމުރުން 22 އަހަރުގެ މީހެކެވެ.

މި މަޢޫލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:18 އެހައިކަންހާއިރުއެވެ. އޭނާގެ ފުރާގެ ފުރާނަހުރިކަމެއް އަދި ނެތްކަމެއް އަދި ކަށަވަރެއް ނުވެއެވެ. އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.