ހިތާވެގެން އުޅުނު މީހާއަށް އަނިޔާކުރި މީހަކު ބަންދުކޮށްފި

ހިތާވެގެން އުޅުނު އަންހެން މީހާއަށް އަނިޔާކުރި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަސް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ ޖޫން 15 ވަނަ ދުވަހު ކަމަށެވެ. ފުލުހަށް އެމައްސަލަ ރިޕޯޓުކޮށްފައިވަނީ ދެމީހެއްގެ ދެމެދުގައި ހިނގި މަރާމާރީއެއްގެ ގޮތުގައެވެ.

"ސީންއަށް ދިޔައިރު އެއީ ރައްޓެހިވެގެން އުޅުނު ދެމީހުން މެދުގައި ހިނގާފައިވާ ގެވެށި އަނިޔާގެ މައްސަލައެއް،" ފުލުހުން ވިދާޅުވިއެވެ.

އެމާރާމާރީގައި އަންހެން މީހާއަށް ކޮށްފައިވާ އަނިޔާގެ ނިޝާންތައް އޭނާގެ ބޮލުން ފެންނަންހުރި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުންވަނީ ވަގުތުން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މައްސަލައަކީ ފުލުހުން މިހާރު ބަލަމުންދާ މައްސަލައަކަށްވާތީ އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.