މިދިޔައަހަރު ކުރީކޮޅު ޕްރިސާރިއޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގދ، ތިނަދޫގައި އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ސައިޓުގައިހުރި އެކުންފުނީގެ ވަޑާންކުރަން ބޭނުންކުރާ އާލާތްތަކެއް ވަގަށް ނެގި މައްސަލާގައި މިއަދު މީހަކު ބަންދު ކޮށްފިއެވެ.
މި މައްސަލާގައި ބަންދުކޮށްފައިވަނީ ޢުމުރުން 27 އަހަރުގެ ބަނގްލަދޭޝް މީހެއް ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.