ލޯނަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމަވައިފި

މަތީ ތަޢުލީމަށް ކިޔެވުމުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ހަޔަރއެޑިޔުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. އެ މިނިސްޓްރީން އެގޮތަށް ނިންމެވީ އެންމެފަހުން ހުޅުވާލި ފުރުސަތުގައި އެޕްލޮކޭޝަން ނުބައިކޮށް ހުށަހެޅިގެން ވަރަށްގިނަ ކުދިންނަށް އެފުރުސަތު ނުލިބި ޝަކުވާ އިތުރުވެފައިވަނިކޮށްނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިފަހަރު އެޕްލިކޭޝަން ފަސޭހަވާނެ ކަމަށެވެ.  ލޯނަށް އެދުމުގެ ފުރުސަތު އަލުން މުރާޖަޢަ ކުރުމަފަހު މިހަފްތާތެރޭގައި އަލުން ހުޅުވާލެވޭނެ ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ގައި ބުނެފައިވަނީ، އަލުން ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ މާޗު މަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާސިލްކުރުމަށް 242 ޖާގައަށް ލޯނުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން މި ފުރުޞަތަށް އެދުނު ގިނަ ދަރިވަރުންތަކެއް ޑިސްކޮލިފައިވެފައިވާތީ ކަމަށެވެ.

އަދި މިކަން ކުރަން ނިންމާފައި ވަނީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ އުސޫލު ދަރިވަރުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް މުރާޖައާ ކުރުމަށް ފަހުގައިކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެގޮތަށް ނިންމެވީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް 242 މީހުންނަށް ފުރުސަތު ހުޅުވާލިޔަސް އޭގެ ތެރެއިން ގިނަމީހުންނަށް އެފުރުސަތު ލިބިފައިނުވާތު ނުވަތަ ޑިސްކޮލިފައިވެފައިވާތީ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެދަރިވަރުންގެ ތެރެއިން ލޯނު ނުލިބޭ ދަރިވަރުންގެ ފޯމު "މައިއެޑިއު ޕޯޓަލް" ތެރެއިން އެޑިޓްކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ފުރުސަތު ނުލިބޭކުދިންގެ ލިސްޓް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. ވީހާ ވެސް ގިނަ މީހުންނަށް މި ލޯން ލިބޭނެގޮތް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އޭގާއި ވިދާޅުވެފައިވެއެވެ.

އެންމެފަހުން ހުޅުވާލި ލޯނި ސްކީމުގައި ޖުމްލަ 993 ދަރިވަރުން އެޕްލައި ކޮށްގެން ލޯނު ލިބުނީ އެންމެ 79 ދަރިވަރަކަށެވެ. ލޯނު ނުލިބުމުގައި މައިގަނޑު 11 ސަބަބެއް މިނިސްޓްރީން ވަނީ ފާގަ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.