އަރުޝީފު ދުވަސް ފާހަގަކުރީ ހަފްތާއެއްގެ ގޮތުގައި

ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝާތިރު: ފޮޓޯ ޕޮލިސް

މިއަދަކީ ދުނިޔޭގެ އަރުޝީފް ދުވަހެވެ. ރާއްޖޭގައި މިދުވަސް ފާހަގަކުރީ "ބައިނަލް އަގުވާމީ އަރުޝީފް ހަފްތާ" ގެ ގޮތުގައި މިމަހު 3 އިން 9 އަށެވެ. މި ހަފްތާގައި ބާރު އަޅާފައިވަނީ "އަރުޝީފްތައް ފަރުމާ ކުރެވެންވާނީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބެނިވި ޚިދުމަތްތަކެއް ދެވޭނެ ގޮތްތަކެއްގެ މައްޗަށެވެ." ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ވިދާޅުވެފައިވެއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ފުރޭމްތަކާއި ލިޔެކިޔުންތަކާއި ފޮޓޯތައް ހިމެނޭ ޤައުމީ އަރުޝީފްގެ ވެބްސައިޓު އިފްތިތާހު ކުރުމާއި ފޮޓޯ މައުރަޒެއް ބޭއްވުން ހިމެނެއެވެ.

ރާއްޖޭގައި އަރުޝީފު ކުރުމުގެ މަސައްކަތްތައް މީގެ އެތައް ސަތޭކަ އަހަރު ކުރިން ވަނީ ފެށިފައެވެ. ޤައުމުގެ ކަންކަން ދުވަހުން ދުވަހަށް ލިޔެ އަރުޝީފް ކުރަން ފަށާފައިވަނީ 1942 ވަނަ އަހަރު ޖެނުއަރީ 12 ގައި ވުޒާރަތުލްދާޚިލިއްޔާއިންނެވެ. ކުތުބުޚާނާއި، ދާރުލްއާސާރުގައި ވެސް ވަނީ އަރުޝީފު މަސައްކަތްތައް ކުރެވިފައެެ. ޤައުމީ އަރުޝީފްގެ ނަމުގައި އޮފީހެއް ރާއްޖޭގައި ހުޅުވީ 1996 ވަނަ އަހަރު އެވެ.

ބައިނަލްއަޤުވާމީ އަރުޝީފްގެ ދުވަހެއް ފާހަގަ ކުރަން ފަށައިފައިވަނީ 2007 ވަނަ އަހަރު ޖޫން 9 ގައެވެ. އެއީ ޔުނެސްކޯގެ ޖަމާޢަތެއް ކަމަށްވާ އިންޓަރނޭޝަނަލް ކައުންސިލް އޮން އާކައިވްސް (އައިސީއޭ) އުފެއްދި ތާރީޚެވެ. އެތަން އުފެދުނީ 1948 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.