ޕީޖީ ލިޑަރުންނަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ތަގުރީރު ކުރެއްވުމަށް ބާއްވާ ޖަލްސާއާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ބައްދަލު ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވީ އެ ބޭފުޅުންގެ ފަރާތްތަޕުޅުން ލިބިވަޑައިގެންނެވި އެއްބާރު ލެއްވުމުގެ ސަބަބުންނެވެ.

ޕީޖީ ލީޑަރުންނާއެކު ކުރެއްވި މަޝްވަރާގެ އެއްވެސް ތަފްސީލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. މަޖިލީހުގައި އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 6:45 ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.