
ޔޫ.އެން.ޑަބްލިއު.ޓީ.އޯ ކޮމިޝަން ފޯ ސައުތުއޭޝިއާގެ ކުރިއަށް އޮތް ދެ އަހަރުގެ ޗެއާއަކަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެއެވެ.
މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫ.އެން.ޑަބްލިއު.ޓީއޯގެ ދެކުނުއޭޝިއާ ސަރަހައްދުގެ އެންމެ އިސްގުނަވަނެވެ.
މީގެ ކުރިން ވެސް ރާއްޖެވަނީ މި ކޮޝަންގެ ޗެއާގެ ޙައިސިއްޔަތުން ދެ އަހަރު މަސައްކަތް ކޮށްފައި ކަމަށް މިނިޓްރީއޮފް ޓޫރިޒަމުން ވިދާޅުވިއެވެ. އެއީ 1995 އިން 1997 އަށެވެ.
މި ކޮމިޝަނުގައި ހިމެނީ ޖުމްލަ 9 މެމްރ ޤައުމެވެ. އެއީ ދިވެހިރާއްޖޭގެ އިތުރަށް އަފްޣާނިސްތާން، ބަނގްލަދޭޝް، ބޫޓާން، އިންޑީއާ، އީރާން، ނޭޕާލް، ޕާކިސްތާން، ސްރީލަންކާއެވެ.