
މ. ނާލާފުށި ފަޅުގައި އަޅާފައިއޮތް ސަފާރީއެއް ނަގިލި ކަހާލައި އެރަށު ފަޅުގައިއޮތް ގަލަކަށް އަރައިފިއެވެ.
މިހާދިސާ ހިނގީ މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުންނެވެ. ސަފާރީ ގަލަށް އެރުމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުމާއެކު އެމްއެންޑީއެފްގެ ޑައިވަރުން ވަނީ ސަފާރީ އޮތްތަނަށް ގޮސް ފުން ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސަފާރީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުންވަނީ ސަފާރީގެ ވަށައިގެން ހަން ބައްދައިފައެވެ. ސަފާރީ ފުންކުރެވިފައިވަނީ ދިޔަވަރު ބޮޑުވުމުން މިއަދު ހެނދުނު 09:40 އެހައިކަންހާއިރުއެވެ.
ބޯޓު ގަލަށް އެރިއިރު އޭގައި 17 ޓޫރިސްޓުންނާއި 13 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފަޅުވެރީންގެ ތެރޭގައި ތިބީ 8 ދިވެހީންނާއި 5 ބިދޭސީންނެވެ.