
މާދަމާ ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުން ނޯންނާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މޫސުން ތަން ނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ކުރުން ނޯންނާނެ" ކަމަށެވެ. ނަމަވެސް މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ފިޠުރު ޢީދު ނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.