
ށ. އަތޮޅުން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފަރަށް އެރި ދޯންޏެއް ފުންކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނި ފުންކުރީ ވެރިފަރާތުން ގެނެސްފައިވާ އުޅަނދެއްގެ ކަފުޖަހައިގެން ކަމަށެވެ.
އެ ދޯނީ އަރައިފައިވަނީ ޅ. ޅޮއްސަލަފުށި ކިޔާ ފަޅުރަށެއްގެ ފަރަށެވެ. ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަނީދޯންޏަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފައެވެ. މިއީ ސަޕްލައި ދޯންޏެކެވެ. ފަރަށްއެރި އިރު އޭގައި ދިވެއްސަކާއި ދެ ބިދޭސީން ދަތުރު ކުރިއެވެ.
މިދޯނީ ފުންކުރެވިފައިވަނީ މިއަދު މެންދުރު 12:00 އެހައިކަންހާއިރު އެވެ. މަސް ކުރި ނަމަކަށް ކިޔާ އެދޯނި ފުން ކުރުމަށްފަހު އެއަށް ދިޔަވާތީ އެމްއެންޑީއެފްގެ ޑައިވަރުން ވަނީ އަޑިން ފިލާ ވެސް ޖަހައިފައެވެ. ދިޔަ ނުވާވަރަށް ފިލާޖެހުމަށްފަހު ދޯނި ދަތުރުކުރާ ނީ ކ. ގާފަރަށް ކަމަށް އެދޯނިން ވަނީ ބުނެފައެވެ. ދޯނި ފަރަށް އަރައިފައިވަނީ ރޭގެ ވަގުތެއްގައެވެ.