ބޮންޑާގެ ކަނޑުމަތީ އުފާ

ޝަމްވީލް ޤާސިމް )ބޮންޑާ( މަޝްހޫރުވެފައި ވަނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލައިފައި ކަނޑުމައްޗަށް އެރުމުން ބައެއް މީހުންނަށް ޙައިރާކަން ލިބުނެވެ. އެކަމަކު ބޮންޑާއާއި އޭނާގެ ގާތް މީހުންނަށް އެއީ އާދައިގެ ކަމެކެވެ. ބޮންޑާއަކީ އެންމެ ކުރިން ފެށިގެން މުދަށް ފަރިތަ ކަނޑުމައްޗަށް އޮޅު މީހެކެވެ.

ފުޓުބޯޅައަކީ ކޮންމެވެސް ދުވަހަކުން ހުއްޓާލަންޖެހޭ އެއްޗެއްކަމަށް އޭނާ އަބަދުވެސް ޤަބޫލުކުރިއެވެ. އެހެންވެ ކުރީބައިގައި އެކަން ހުއްޓާލުމަށްފަހު 2008 އިން ފެށިގެން އޭނާ ވަނީ ސްޕޯޓްސް ފިޝިންގެ ތެރެއަށް ނުކުމެވެފައެވެ.

ސްޕޯޓްސް މަސްވެރިކަން ކުރަން ބޭނުންވާ ދޭސީންނާއި ބިދޭސީންނަށް އޭނާވަނީ ޚާއްސަ ޕެކޭޖެއް ތައްޔާރު ކޮށްފައެވެ. އޭގެ ދަށުން އެނާއާއެކު މަހަށް ދިޔުމުގެ ފުރުސަތު އެންމެނަށް ވެސް ވަނީ ހުޅުވިފައެވެ. ރޯދަމަހަށް ވެފައި ވިއްސާރަ ދުވަސްވަރަކަށްވުމުން އޭނާ ކަނޑުމައްޗަށް ނޭރިއަސް ރޯދަމަސް ނޫން މަސްމަހުގައި ވިއްސާރައަށް އަތްވަކަށް އޭނާ ނުބަލައެވެ. ދެވެންއޮތް ހިސާބަކަށް ކޮންމެ ދުވަހަކުވެސް ދިއުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.

ދޮއްޓާއި ރީލް ބޭނުން ކޮށްގެން ޒަމާނީ ގޮތަށް މަސްވެރިކަންކުރާ ބޮންޑާވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސްވެރިކަން ކޮށްފައެވެ. އޭގެ ތެރެއިން އޭނާއަށް އެންމެ ފާހަގަ ކޮށްލެވުނީ ހުވަދުއަތޮޅެވެ.

މަސްވެރިކަމަކީ ދެވިހިފާ ކަމެކެވެ. ބޮންޑާއަށް ވެސް މިވީއެހެންނެވެ. ޢާއްމުކޮށް އޭނާ ދަނީ ވަކިވައްތަރެއްގެ މަހަށް ޓާގެޓު ކޮށްގެންނެވެ. އެއީ ކަންނެއްޔާއި މުޑަހަންޖެވެ. އޭނާއަށް އެންމެ ބޮޑު އުފަލެއް ކަނޑުމަތިން ލިބޭނީ ދޮށި ހޫރާލާ ވަގުތާއި، ދޮށީގައި މަސް ހިފަން އަންނަ ވަގުތާއި އޭގައި މަސް ހިފާވަގުތެވެ. އެއަށްފަހު މަސް ބޭނުމަށްފަހު މިނިވަން ކޮށްލާ ވަގުތެވެ. އޭނާގެ ހުރިހާ ވެސް ކަމަކީ މަސްވެރިކަމެވެ. ހުރީހާ ވެސް އުފަލަކީ ވެސް އެއީއެވެ. ޢާއިލާއަށް ވަގުތު ހުސްކުރަނީ ރޭގަނޑުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.