
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާ މެމްބަރަކީ ޙީސާން ޙުސައިން ކަމަށް މަޖިލީހުން މިއަދު ފާސް ކުރައްވައިފިއެވެ.
ޖޭއެސްސީ އަށް އޭނާ އައްޔަން ކުރުމަށް މަޖިލީހުން މިއަދު ފާސްކުރެއްވީ 19 ވަނަ މަޖިލީހުގެ ދެވަނަ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ.
ޙިސާނަކީ ޤާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. އޭނާވަނީ ބޮޑެތި މައްސަލަ ތަކުގައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވައިފައިވެއެވެ. އޭނާ ވަނީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ކަމުގެ މަޤާމުގެ ވެސް އަދާ ކުރައްވައިފައެވެ.
އޭގެ ކުރިން އޭނާ ވަނީ އެޓަރނީ ޖެނެރަލް އޮފީހުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
ޙިސާންގެ އިތުރަށް ޖޭއެސްސީގައި މަޖިލީހުގެ ފަރާތުން ދެން އިންނަވާނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު މިހާރުވަނީ ޖޭއެސްސީގެ މެމްބަރ ކަމުގެ ހުވައި ކުރައްވައިފައެވެ.