ކާމިޔާބު ކަމާއެކު ތަމްރީންތައް ނިންމާލައިފި

އެމްއެންޑީއެފާއި ޕޮލިހުން ގުޅިގެން ކުރިއަށް ގެންދިޔަ 3 ދުވަހުގެ ފަރިތަކުރުންތައް ކާމިޔާބުކަމާއެކު ނިންމާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ތަމްރީންތައް ނިންމާލީ މިއަދު ހެނދުނު 9:00 ގައެވެ.

މިއީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިޒަމްގެ ޙަމަލާއަށްފަހު ސިފައިންނާއި ފުލުހުން ގުޅިގެން ފަށައިފައިވާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ތަމްރީނެކެވެ. މި ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވަނީ 05 މެއި 2019 ގައެވެ. އަދި މިއަދު މި ނިމުނީ މި ސިލްސިލާގެ ދެވަނަ ތަމްރީނުތަކެވެ. ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ނޫންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރ 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިއަދު ނިމުނު ފަރިތަކުރުން ތަކުގައި ވަނީ އެއްގަމާއި ކަނޑު އުޅަނދުފަހަރު ޗެކްކޮށް ފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.