![c17939dd27d24f8bbd87ddfa7406bd6b_18](https://aafathis.mv/wp-content/uploads/2016/09/c17939dd27d24f8bbd87ddfa7406bd6b_18-678x381.jpg)
ސޫރިޔާއާއި، ތުރުކީ ގުޅޭ ބޯޑަރު ނުވަތަ ސަރަހައްދީ އިމުގެ ކައިރީގެ ސޫރިއާގެ ބިންތަކުން އައިއެސް ޖަމާޢަތާއި، އެޖަމާޢަތާ ގޫލިފައިވާ ޓެރަރިސްޓުން ފައްސާލެވިއްޖެކަމަށް ތުރުކީން ހާމަކޮށްފިއެވެ.
ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދުރިމް މީޑިއާއަށް މަޢުލުމާޔުދެއްވަމުން ވިދާޅުވެފައިވަނީ އައިއެސްގެ ބާރު ކުރިން އޮތް ސަރަޙައްދެއްކަމަށްވާ، ސޫރިޔާގެ އަޒާޒް އާއި ޖަރާބުލުސް އާ ދެމެދު އޮންނަ ސަރަޙައްދު މިހާރުވަނީ އައިއެސްގެ ނުރައްކަލުން މުޅިން ސަލާމަތްކުރެވި ރައްކާތެރިކުރެވިފައި ކަމަށެވެ.
އައިއެސްއާ ދެކޮޅަށް މިސަރަޙައްދުގައި ހަނގުރާމަކޮށްފައިވަނީ ތުރުކީގެ އަސްކަރިއްޔާ އާއި ސޫރިއާގެ ސަރުކާރާ ދެކޮޅު ބައެއް ޖަމާޢަތްތައް ގުޅިގެންނެވެ.
ތުރުކީގެ ޤައުމީޓީވީ މެދުވެރިކޮށް އެޤައުމުގެ ބޮޑުވަޒީރު މިކަން ހާމަކުރައްވާފައިވައިރު، އައިއެސްގެ ހަނގުރާމަވެރިން އެސަރަހައްދުން ފައްސާލެވިފައިވާކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ވަނީ ހާމަކޮށްފައެވެ.