ރާއްޖޭގެ ހުރިހާ ރަށެއްގައި ލައިފްގާޑުން ބައިތިއްބަން ބޭނުން: ޢަލީ ވަޙީދު

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް އައުމުގެ ކުރިން ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށެއްގައި ލައިފް ގާޑުން ބައިތިއްބަން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖެ އަންނަނަ ފަތުރުވެރިން މޫދަށްއެރި އުޅޭއިރު ދިމާވާ ވެދާނެ ހިތާމަވެރި ޙާދިސާތަކުން އެމީހުން ރައްކާތެރި ކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެކެވެ. މިނިސްޓަރ ވިދާޅުވީ މާޒީއަށް ބަލާއިރު ލައިފްގާޑުން ރާއްޖޭގެ ރަށްރަށުގައި ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ބައެއް ފަތުރުވެރިން މޫދަށް އެރިއުޅޭއިރުވަނީ ގެނބިގެން މަރުވެސް ވެފައެވެ.

މިނިސްޓްރީން މިހާރުވަނީ ފާއިތުވި 6 ދުވަހު ރާއްޖޭގައި ހިނގާފައިވާ އެފަދަ ޙާދިސާތަކަށް ބެއްލެވުމަށްފަހު ވޯޓަރސޭފްޓީ ޕްރޮގްރާމެއް ފަށަން ނިންމަވައިފައެވެ.   މިނިސްޓަރ ޢަލީ ވަޙީދު މިއަދު ވިދާޅުވީ މި ޕްރޮގްރާމް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ. " އެއީ އެންމެ ގިނަ ޓޫރިސްޓު ބެޑް މިވަގުތު ހުރި ރަށް. ވޯޓަރ ސޭފްޓީ ބޯޑުތަކެއް މި ހަރުކުރަނީ މި ޕްރޮގްރާމުގެ ދަށުން،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވިއެވެ. އެއީ ކަމާބެހޭ މުޢައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. ލައިފް ގާޑުންނެތިވެ ފަތުރުވެރިން މަރުވާ ކަމަށްވާނަމަ އެކަމުގެ ނޭދެވޭ އަސަރު ސަނީ ސައިޑު އޮފް ލައިފް ބްރޭންޑަށް ކުރާނެ ކަމަށެވެ. އެހެން ކަމުން މިނިސްޓްރީއާއި ރަށްރަށުގެ ކައުސިލްތަކާ ގުޅިގެން

މިނިސްޓަރ ވިދާޅުވީ ވޯޓަރ ސޭފްޓީ ބޯޑުތަކެއް ކޮންމެ ރަށެއްގައި ބަހައްޓައި ކަންކަން ހަރުދަނާ ކުރެއްވުމުން ރަށްރަށުގެ ގޮނޑުދޮށުގައި ބިކިނީލައިގެން އުޅޭ މައްސަލައަށް ވެސް ޙައްލު ލިބިގެންދާނެ ކަމަށެވެ. މިހާރުވެސް އެގޮތަށް ގޮނޑުދޮށުގައި ފަތުރުވެރިން އުޅޭތީ އެކަމުގެ ޝަކުވާ ލިބޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.