
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާސިމާ ޙުސައިން އެކުވެރި ޢަރަބި ޢިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާސިމާ ޙުސައިން އެކުވެރި ޢަރަބި ޢިމާރާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ދެންނެވީ ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައަޅާފައިވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބު ޢުސާމާ މުޙައްމަދާއި، ކައުންސިލަރު މުސްޢަބް ޢަބްދުﷲ އެވެ.
މިދަތުރުފުޅާބެހޭ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.