
މާލޭ ސިންދިތާ ފިހާރައިން ވަގަށް ނަގާފައިވާ ދެފުޅި ސެންޓާއެކު މީހަކު ބަންދުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ ސެންޓުފުޅިތައް ފެނިފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރުމުގެ މަސައްކަތުގައި އުޅުނު ފުލުހުން މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުން ކަމަށެވެ. އެކަން ކަށަވަރު ކުރުމަށް ފުލުހުންވަނީ އެފިހާރައަށް ވެސް ގޮސްފައެވެ. މިމައްސަލާގައި ބަންދުކޮށްފައިވަނީ 20 އަހަރުގެ މީހެކެވެ.
"ރޭ ދިގަޑިސާޅީސް އެހައިކަންހާއިރު ޝަބްނަމީ މަގުން ދިޔަ 20 އަހަރުގެ ފިރިގެނެއްގެ ޢަމަލްތައް ހުރިގޮތުން ހުއްޓުވައި ބަލާ ފާސްކުރިއިރު އޭނާގެ އަތުން ސިންދިތާގެ ނަމުގައި އަގުޖަހާފައިވާ ދެ ފުޅި ސެންޓު ފެނިފައިވޭ. އިތުރަށް ސާފުކުރުމަށް އެފިހާރައަށް ގޮސް ސުވާލު ކުރުމުން އެމީހާ އަތުން ފެނުނު ދެ ފުޅި ސެންޓަކީ އެފިހާރައިން ނަގާފައިވާ އެއްޗެއްކަން އެނިފައި،" ފުލުހުން ވިދާޅުވިއެވެ.
އެ މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.