
ހައްދުންމަތީ ގަމުގަމުގެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ. މިޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:55 އެހައިކަންހާއިރު އެވެ.
ފުލުހުން ވިދާޅުވީ އަލިފާން ރޯވިގޭގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންވަން ވަނީ ޙަރަކާތްތެރިވެފައެވެ. އެބޭފުޅުންގެ މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ މެންދުރު 1:15 އެހައިކަންހާއިރު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އަދިވެސް އެގެއިން ދުންއަރަމުންދާތީ އިތުރަށް ދަނީ ބަލަމުންނެވެ. މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެގެ ވަނީ މީހުންނަށް ދިރިނޫޅެވޭ ވަރަށް އަނދައިފައެވެ.
މި ޙާދިސާ ހިނގަނގަން މެދުވެރިވި ސަބަބު ބެލުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. އަލިފާން ރޯވެ ގެއަށް ލިބުނު ގެއްލުމުގެ އެއްވެސް މަޢުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ.