
ވަގަށް ނަގާފައިވާ ސައިކަލެއް ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށް، ސައިކަލް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންނަކީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 18:00 ހާއިރު ސައިކަލެއް ވަގަށް ނަގައިގެން ސޯސަންމަގުން ދާންއުޅެނިކޮށް އެދެމީހުންގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެވަގުތު އެސަރަހައްދު ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާއަކީ މާރާމާރީ އާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެއްޗާއި ވައްކަމުގެ ގިނަ މައްސަލަތަކެއް ރެކޯޑްސް އޮންނަ މީހެކެވެ. އަދި 23 އަހަރުގެ މީހާއަކީ ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމު ގިނަ މައްސަލަތަކެއް ރެކޯޑްސް އޮންނަ މީހެކެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.