މުންނާރު ރޫޅާލާކަށް ނޫޅޭ - ހެރިޓޭޖު

munnaaru

މާލޭ ހުކުރު މިސްކިތުގެ މުންނާރު ރޫޅާލާކަށްވެސް އަދި އެހެންތަނަކަށް ބަދަލުކުރާކަށްވެސް މަސައްކަތް ނުކުރާކަމަށާ، އެފަދަ ވިސްނުމެއްވެސް ނެތްކަމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

ހުކުރުމިސްކިތު މުންނާރު ހުންނަ، މެދުޒިޔާރަތްމަގު ފުޅާކުރުމުގެގޮތުން މުންނާރު އެއްފަރާތަށް ޖައްސަން އުޅޭކަމަށްބުނެ ދަދިފަހުންވަނީ އަޑުފެތުރިފައެވެ. އެކަމާގުޅިގެން ހެރިޓޭޖު ޑިޕާޓުމަންޓުގެ ކުރީގެ އިސްވެރިޔާ ޔުމްނާ މައުމޫނުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓް ކުރައްވާފައެވެ.

އެވާހަކަތައް ދޮގުކުރައްވަމުން މިއަދު ހެރިޓޭޖު ޑިޕާޓްމަންޓުންވަނީ ބައެއްމީޑިއާތަކަށް މަޢުލުމާތުދެއްވާފައެވެ. އެގޮތުން މުންނާރު އެހެން ތަނަކަށް ބަދަލުކުރަން އުޅޭކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށް ހެރިޖޭޓް ޑިޕާޓްމެންޓުން މިއަދު ވަނީ ވިދާޅުވެފައެވެ.

މާލޭ ހުކުރުމިސްކިތު މުންނާރު އެއްފަރާތަށް ޖައްސަން އުޅޭކަމުގެ އަޑު ފެތުރުމާގުޅިގެން، ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ކުރައްވާފައިވާ ޓްވީޓެއްގައިވަނީ “މަގުފުޅާކުރުމަށް މުންނާރު އެއްފަރާތަށް ޖައްސާވާހަކަ އަޑުއިވޭ. ހުކުރުމިސްކިތްވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް އަރާފައި. ކަމުގައެވެ.

އަދި “މިފަދަ ކަމެއް ކޮށްފިނަމަ ގެއްލުންވާނެ” ކަމަށާ، ހުކުރުމިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށްވެސް ދުންޔާގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ހުކުރުމިސްކިތު މުންނާރަކީ ހިޖުރައިން 1078 ވަނަ އަހަރު (މީލާދީން 1668) ގައި އިސްކަންދަރު ރަސްގެފާނު ޙައްޖަށް ވަޑައިގަތުމަށްފަހު އެނބުރި މާލެވަޑައިގެން ބިނާކުރެއްވި ބިނާއެކެވެ. މުންނާރު ބިނާކުރައްވައި ނިމުނީ ހިޖުރައިން 1085 ވަނަ އަހަރު އެވެ. މުންނާރު ބިނާކުރެއްވީ އެއިރު ޢަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.