ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެރިފައިވާ ދެ މަޤާމަށް ކުރިމަތިލާން މިމަހުގެ ފުރަތަމަ ދުވަހު ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެންމެ ދެ ބޭފުޅުން ކަމަށްވާތީ އޭރުކުރި ޢިއުލާން ޖޭއެސްސީން ވަނީ ބާޠިލްކޮށްފައެވެ.
މިފަހަރުކުރި ޢިއުލާނުގެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތަކީ ގާނޫނީ ދާއިރާއިން ނުވަތަ އިސްލާމީ ޝަރީއާގެ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު ޤާނޫނީ ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި މަދުވެގެން ފަަސް އަހަރުގެ ތަޖްރިބާ ހުރުމެވެ.
ހައިކޯޓުގައި ޖުމުލަ ނުވަ ފަނޑިޔާރުން ތިބެންޖެހެއެވެ.
ހައި ކޯޓު ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވުމާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އައްބާސް ޝަރީފް އަމިއްލަފުޅަށް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތުމުންނެވެ.