

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުޤީޤު ކުރަމުންދާ ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ އަކްރަމް (ޕާސްޕޯޓް ނަމްބަރު: AE5651715) އެވެ.
ވީމާ އެމް.ޑީ އަކްރަމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791814 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.