
ޑެންގޫއަށް ޕޮޒިޓިވްވި ފ. ފީއަލީ ކުދިންތަކަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ފުރައިފިއެވެ.
އެކުދިން މާލެ ގެންނަނީ އެމްއެންޑީއެފް ކޯސްޓު ގާޑުގެ ސީ އެމްބިއުލާންސްގައެވެ. ފީއަލީން ގެންނަނީ 6 ކުދިންނެވެ. ސީއެމްބިޔުލާންސް ކައިރިކުރާނީ މާލޭ ކޯސްޓްގާޑު ބިލްޑިން ކުރިމައްޗަށެވެ. އެމްއެންޑީއެފުން ވިދާޅުވީ ލަސްތަކެއް ނުވެ ސީ އެމްބިޔުލާންސް ލަފާނެ ކަމަށެވެ.
އެކުދިން މާލެގެނެސް ފަރުވާދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗުގައެވެ. އައިޖީއެމްއެޗުން ވިދާޅުވީ 6 ކުއްޖަކު ގެންނަކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ ކުރިން އެރަށުން ވަނީ ތިން ކުއްޖަކު ޑެންގޫއަށް ޕޮސިޓިވް ވެފައެވެ. އެކުދިންވެސް ވަނީ މާލޭ ފޮނުވައިފައެވެ. އެކުދިން މާލޭ ފޮނުވައިފައިވަނީ އެރަށުން ދޭނެ އިތުރު ފަރުވާއެއް ނެތުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
Varah ragalhu kameh
Varah ragalhu kameh thikiree ???