
ފުވައްމުލަކު ސިޓީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ޢުމުރުން 65 އަހަރުގެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހާއަށް މިހާރު ގެންދަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ސައިކަލަކާއި ކާރެއް އެކްސިޑެންޓްވިއިރު އަނިޔާވި މީހާ އިނީ ސައިކަލުގެ ފަހަތުގައެވެ. މި ޙާދިސާގައި ކާރުދުއްވަން އިން މީހާއަށް ވެސް އަދި ސައިކަލް ދުއްވަންއިން މީހާއަށް ވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓު ވެފައިވަނީ ފުވައްމުލަކު މިސްކިތްމަގު، ބިނާކައިރީގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.