
ފަރު މަސްވެރިކަމަށް ގޮސް އުޅުނު "މިތުރާ 5" ނަމަކަށް ކިޔާ ދޯންޏެއް ފަރަކަށް އެރުމުން ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
މި ދޯނި ރައިފައިވަނީ ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ އުތުރުން 0.5 މޭލުގައި އޮތް ފަރަކަށެވެ.
މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 22:10 އެހައިކަންހާއިރު އެވެ. މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ ޑައިވަރުންގެ ޓީމަކާއެކު ދޯނި ފުންކުރުމުގެ މަސައްކަތް ފަށައިފައެވެ.
މި ހާދިސާގައި ފަރަށް އެރި ދޯނި ނަގިލި އަޅައިގެން ފުން ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ދޯނީގައި ތިބި 13 މީހުން، ރޭ 03:25 އެހައިކަންހާއިރު ވަނީ އެމްއެންޑީއެފްގެ އެހީގައިވަނީ މާލެ ގެންގޮސްފައެވެ.
މި ހާދިސާގައި ފަރަށް އެރި ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތާ ގުޅިގެން އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.