ދޯންޏެއްގެ އިންޖީން ރޫމަށް ފޭބި ބިދޭސިއަކު ޙާލު ދެރަވެ މާލެ ގެންގޮސްފި

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރި "އަމަން" ނަމަކަށްކިޔާ ދޯންޏެއްގައި އޮތް ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން މާލެ ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 6:33 ގައި ކަމަށެވެ. މާޢުލޫމާތު ލިބުމުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވެފައެވެ. މިއަދު މާލެ ގެންދިޔައީ ބީދޭސީއެކެވެ. ޢުމުރުން 35 އަހަރުގެ އެމީހާގެ ޙާލު ދެރަވީ ދޯނީގެ އިންޖީން ރޫމަށް ފޭބި ފަހުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައި ވ.ފުސްފަރާ ހިސާބުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ބަލިމީހާ މާލެ ގެންގޮސް މިހާރުވަނީ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައެވެ.

އެ ދޯނީގައޮ އޮތް ބަލިމީހާ ގޮވައިގެން ސީ އެމްބިއުލާންސް މާލެއަށް ކުރި ދަތުރުގައި، ދ.ކުޑަހުވަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ވައިލެޓް" ބޯޓްގައި ތިބި ފަސް ކުޑަކުދިންނާއި ފަސް އަންހެނުން ވެސް ވަނީ މި ސީއެމްބިއުލާންސްގައި މާލެ ގެންގޮސްދީފައެވެ. ވައިލެޓް ބޯޓްގައި ތިބި ކުޑަކުދިންނާއި އަންހެނުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓްގެ އިންޖީނުގެ ރޭޑިއަރަށް ދިމާވި މައްސަލައަކާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެމްއާރުސީސީގެ އެހީތެރިކަމަށް އެދުމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.