މަޖިލިސް އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައްވައިފި

ރާއްޖޭގައި މިއަހަރު ބާއްވާ ރައްޔިންތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިރޭ ހުޅުވާލައްވައިފިއެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ މި އިންތިޚާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވާލީ ހޮޓެލްޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޖިލިހަށް ކުރިމަތިލާން ހުޅުވާލިކަން އިޢުލާން ކުރެއްވި އީސީގެ ރައީސް އަޙުމަދު ޝަރީފް އާދަމެވެ.

ޝަރީފް ވިދާޅުވީ މަޖިލީހަށް ކުރިމަތި ލުމަށް މާދަމާއިން ފެށިގެން ފޯމުހުށަހެޅުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް ފުރުސަތު ބަންދުވާނެ ތާރީޚެއް އޭނާ ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބު ވެގެންދާނީ ރައްޔިތުން ޤަބޫލުކުރާކަހަލަ ދެފުށް ފެންނަ އިންތިޚާބަކަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ހުރީ ނިމިފައި ކަމަށެވެ. އެހެންނަމަވެސް ބެޖެޓުގެ ތާށިކަމުގެ ވާހަކަ ކަމާބެހޭފަރާތްތަކަށް ދަންނަވާފައިވާނެ ކަށް އޭނާ ވިދާޅުވިއެވެ. އިލެކްޝަނުން ކުރިން ވިދާޅުވެފައިވަނީ ބޭނުންވާ ވަރަށް ބަޖެޓު ނުލިބިއްޖެ ކަމަށްވާނަމަ އިންތިޚާބަށް ބޮޑެތި އަސަރުކުރާނެ ކަމަށެވެ. އެހެން ކަމުން އެދިފައިވާ ވަރަށް ބަޖެޓު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވައި ޕާޓީތަކުން މިހާރު ގެންދަނީ ކެންޕޭންވެސް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.