ޤައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ އިޚްލާސްތެރި ކަމުގެ މައްޗަށް ބިނާވެފައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވަރަށް މަޑުމައިތިރި އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަކީ އެންމެން ގޮވައިގެން އެކީގައި މަސައްކަތް ކުރެވިދާނެ ޤާބިލް ބޭފުޅެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ރައީސް އިބްރާހީން ޞާލިޙަކީ އެންމެން ގޮވައިގެން ވަރަށް ކެތްތެރި ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން މުޅި ކޯލިޝަނުން ވެސް މަސައްކަތް ކުރައްވަންވީ އެންމެން ގުޅިގެން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މީޑިއާގައި ކޮންމެ ވާހަކައެއް ދެކެވުނަސް މައިގަނޑު އެއްބަސްވުންތަކެއް ކޯލިޝަންގައި ވާ ކަމަށެވެ. އެހެން ވީމާއި ރައްޔިތުންގެ މަޖިލީހަށް ކޯލިޝަނުން ހޮވޭ މެމްބަރުންނާއި މަޖިލީހުގެ ރައީސަކަށް ހޮވޭ ބޭފުޅަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ބެޖެޓުގެ ތެރެއިން ހުރިހާ ދާއިރާތަކަށް ކުރިއެރުން ގެނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑު މިހުރީ ދަނގެތީ ދާއިރާއަށް ހޮވިއްޖެނަމަ އެހެން މެމްބަރުންނާއި ޚާއްސަކޮށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް،" ނާޒިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގެ ދުވަސްވަރު ޚިޔާލުތަފާތުވުންތައް ހުއްޓަސް އިންތިޚާބަށްފަހު އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަކިޕާޓީއަކަށް ލިބެންޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ އެންމެންގެ އިޚުލާސްތެރިކަން ކަމަށް ވެސް ވިދާޅުވިއެވެ.
ނަތީޖާ ދެއްކިފައިވަނީ ރައީސް ޔާމީނަށް، އޭގެ މާނައަކީ އިޙްލާޞްތެރި މަސައްކަތްތަކެއް ކުރެވިފައިވަނީ ރައީސް ޔާމީން އަދި ރައީސް ޔާމީނުގެ ޓީމުން ނެެ.