ޑރ. ޖަމީލާ ވާދަކުރައްވަން ޢަމްރު ނުކުންނަވައިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވިލިމާލޭ ގޮނޑިއަށް ވާދަކުރަން އެޕާޓީގެ ކައުންސިލް މެމްބަރު ޙުސައިން ޢަމްރު ނިންމަވައި ތާއިދު ފޯމާއެކު ޖޭޕީއަށް ހުށަހަޅައިފިއެވެ.

ޢަމްރުގެ ފޯމް ހުށަހެޅުއްވިއިރު ވިލިމާލޭ ދާއިރާގެ ގޮނިޑިއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވެސް ވަނީ ވާދަ ކުރައްވަން ނިންމަވައި ޕްރައިމަރީ ކެމްޕޭން ފަށްޓަވައިފައެވެ.

އެކަމަނިކުފާނާ ވާދަކުރައްވާ ޢަމްރު އަކީ ވިލިމާލޭގައި ދިރިއުޅޭތާ އެތައް އަހަރެއްވެފައިވާ އެވަށަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ މާސްޓަރ ޑިގްރީ އެއް ޙާސިލް ކުރައްވައިފައިވާ ތަޢުލީމީ ބޭފުޅެކެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ހުޅުވައިލި މުއްދަތު ހަމަވާނީ ޖެނުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމަކުން ޕްރައިމަރީއާ މެދު ގޮތެއް ނިންމަވާނެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތީ ދާއިރާއަށް ކުރިމަތި ލައްވަން ނިންމަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. މާސްޓާސް އޮތަކަސް އެކަށީގެންވާ ޕަބުލިކްސާރވިސް ތަޖުރިބާނެތި ގާނޫނުހަދާ މަޖިލިހުގައި ރައްޔިތުން ތަމްސީލު ނުކުރެވޭނެ. އެކަމުގެ ހިތި ނަތީޖާ މިހާރު ރައްޔިތުން ދެކެމުން މިދަނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.