
އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބދުﷲ ޝާހިދް ބޭރުގެ ބައެއް ޤައުމު ތަކުގެ އިސްވެރިންނާއި މަންދޫބުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ތަކުގައި އެމަނިކުފަނު ވަނީ އެގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި އަދި ކުދި ދައުލަތްތަކަށް ދިމާވާ ގޮންޖެހުން ތަކުން އަރައިގަންނާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން ފޮރިން މިނިސްތަރ ޝާހިދުވަނީ ނިއު ޔޯކުގަިއ ހުންނަވާ ފިޖީގެ ދާއިމީ މަންދޫބު މިސްޓަރ ސަތްޔެންދްރާ ޕްރަސާދް އާއި ސިންގަޕޫރްގެ ދާއިމީ މަންދޫބު ބުރްހާން ޣަފޫރާއި ކުވޭތުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚަރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޞަބާހް އަލް ޚާލިދް އަލް އަޙްމަދް އަލް ޞަބާޙް އާއި ޖަޕާނުގެ ދާއިމީ މަންދޫބު މިސްޓަރ. ކޯރޯ ބެޝޯ އާއި އަޔަލޭންޑްގެ ދާއިމީ މަންދޫބް މިސް ގެރަލްޑީން ބަޔަރން ނޭސަން އާއި ކެނެޑާގެ އެމްބެސެޑަރ މާރކް އަންދްރޭ ބްލަންކަޑް އާއި ސުޢޫދީ ޢަރަބިޔާގެ ދާއިމީ މަންދޫބު މިސްތަރ ޢަބްދުﷲ އަލް މުޢައްލިމީ އާއި ނައިޖީރިއާގެ ދާއިމީ މަންދޫބު މިސްޓަރ. ތީޖާނީ މުޙައްމަދް ބޮންޑެ އާއި ޔޫއޭއީގެ ސަފީރު މިސް ލާނާ ޒަކީ ނުސައިބާ އާއި ބެލްޖިއަމްގެ ކަރިޖީ ވަޒީރު މިސްޓަރ. ޑީޑިއަރ ރޭންޑަރސް އާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވިއެވެ.

