ސަރުކާރު ވައްޓާލުމުގެ ތުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެމްޑީއަށް ކުރައްވައިފިއެވެ.
ޤާސިމް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ވައްޓާލުމަށްފަހު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމުގެ މަސައްކަތް އެޕާޓީތެރޭގައި ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމުގެ މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެންގެވުމަށްފަހު ކަމަށެވެ.
ޤާސިމް އިބްރާހީމް ފަހަކަށް އައިސް ގެންދަވަނީ ރައީސް މުޙައްމަދު ނަޝީދަށްވަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޖޭޕީގެ މައިޖަހަގަ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ނަޝީދު ބޭނުންފުޅުވަނީ ރާއްޖޭގައި ބަރުލަމާނީ ވެރިކަމެއް ކުރެއްވުމަށް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ވައްޓާލުމަށް ވެރިކަމަށް ވަޑައިގެންނެވުމަށް ވަކިބޭފުޅަކު ވެރިމަށް ވަޑައިގެންނެވުމަށް އެމްޑީޕީ ތެރެއިން ކުޅޭކުޅިވަރު މިހާރުވެސް ފެންނަ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ މަޖިލީސް އިންތިޚާބުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރަން ނިންމި ހިސާބުންނެވެ. އެއީ ވަޢުދާއި އަޙުދާ ވެސް ޚިލާފަށް ކުރި ކަމެއް ކަމަށް ޤާސިމް އަންނަނީ ވިދާޅުވަމުންނެވެ.
ޤާސިމް ވިދާޅުވީ އޭނާ ހުންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ.