ފާރެއްގެ ބައެއް މީހެއްގެ ގައިމައްޗަށް ވެއްޓި އަނިޔާވެއްޖެ

މީހެއްގެ ގައިމައްޗަށް ފާރެއްގެ ބައެއް ވެއްޓި އަނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ ވެއްޓިފައިވަނީ މާލޭގެ ޗާންދަނީމަގު ރެޑުބީ ފިހާރައި ކައިރީގައިހުރި ގެއެއްގެ ފަރުގެ ބައެއް ކަމަށެވެ.

މި ޙާދިސާ ހިނގާފައިވަނީ 18:00 އެހައިކަންހާއިރު އެވެ. އާނިޔާ ލިބުނު މީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އޭނާގެ ޙާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާގައި އަނިޔާވެފައިވަނީ ޢުމުރުން 19 އަހަރުގެ ފިރިހެނަކަށެވެ. ފާރުން ވެއްޓުނުބައި ޖެހިފައިވަނީ އޭނާގެ އަތުގައި ކަމަށް ފުލުހުން ފަހުން ވަނީ ވިދާޅުފައެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން މިހާރުވަނީ ދޫކޮށްލައިފައެވެ.

ފާރު ވެއްޓުނު ޙާދިސާގައި އެތާހުރި ސައިކަލަކަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުން ވެފައެވެ.

ފުލުހުން ވިދާޅުވީ މިފާރަކީ ގެއެއްގެ ދެވަނަބުރީގެ ބެލްކަނީގައި ރާނައިފައިވާ ފާރުބުރިއެއް ކަމަށެވެ. ފުލުހުން މިހާރުވަނީ ފާރުގެ ބާކީ ހުރި ބައިވެސް ނަގައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.