މާލޭ ދެކުނުފަރާތު ފަޅު ބޭނުންކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

index

މާލޭ ދެކުނުފަރާތު ފަޅުން ބައެއް ހިއްކައިގެން ތަރައްޤީކުރާ މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށުމާއެކު، އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރު ބަލަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަމަށް ސަމާލުވުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެސަރަޙައްދު ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެމަސައްކަތް ކުރާއިރު، ބޭނުންކުރާ ހޮޅިލައިން އަޅާ ސަރަޙައްދު ފާހަގަކޮށްފައިވާނެކަމަށާ، އެކަން އަންގައިދޭ ފާހަގަތަކެއް އެސަރަހައްދުގައި ބަހައްޓާފައިވާނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކުން ސަލާމަތްވުމަށްތަކައި، މިކަމަށް ސަމާލުވުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އެސަރަޙައްދުގައި އަލަށް ކަނޑާފައިވާ ނެރުގެ ފައިކަށި ޖެހުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާތީ، މިވަގުތު އެނެރު ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.