
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަށަވަރު ކުރުމަށް މިއަދު ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ އިޢުލާން ކުރަން ފަށައިފިއެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި ވަނީރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމތަކުގައި ވޯޓުލައިފައެވެ. އޭގެ ތެރޭގައިގައި އަވަށްޓެރި ދެ ޤައުމު ކަމަށްވާ އިންޑިއާ، ސްރީ ލަންކާގެ އިތުރަށް މެލޭޝިޔާ ހިމެނެއެވެ. އެމްޑީޕީން ގެންދަނީ ވޯޓު ގުނައި ނިމޭ މިންވަރަކުން ނަތީޖާ އިޢުލާން ކުރަށް ފަށައިފައެވެ. ބައެއް ވޯޓުފޮށިތަކަށް ވޯޓުލައި ނިމި މިހާރުވަނީ ބަންދު ކޮށްފައެވެ. ވޯޓައި ނިންމަން ކަނޑައަޅައިފައިވާ ގަޑިއަކީ މިރޭ 9:30 އެވެ.
މި އިންތިޚާބުގައި އެމްޑީޕީން ވަނީ 270 ވޯޓު ފޮށި ބަހައްޓައިފައެވެ. އެޕާޓީން ބުނެފައިވަނީ ވޯޓުލުމުގެ ޝަރުތު ހަމަވާ 86،000 އަށް ވުރެ ގިނަ މީހުން އެޕާޓީގައި ދަފްތަރުކުރެވިފައިވާ ކަމަށެވެ.