
ތުރުކީގެ އިސްތަންބޫލްގެ މައި އިންޓަނޭޝަނަލް އެއާޕޯޓުކަމަށްވާ، އަތާތުރުކު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖާނު ގޮއްވާލައިގެން ބަޔަކު ދިން ޙަމަލާއެއްގައި 28 މީހުން މަރާލައިފިއެވެ.
ތުރުކީގެ އޮފިޝަލުންނާ ޙަވާލާދީ ބައިނަލް އަޤުވާމީ މީޑިއާތައް ބުނާގޮތުން އަތާތުރުކް އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލްސް ޓާމިނަލުގައި ދިން މިޙަމަލާގައި މަދުވެގެން 28 މީހުން މަރުވެފައިވާއިރު، 60 މީހުން ވަނީ ޒަޚަމްވެފައެވެ.
މިރޭ ހިނގި މިޙާދިސާގައި ބޮންގޮއްވާލުމުގައި ތިންމީހަކު ހަރަކާތްތެރިވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އިސްތަންބޫލްގެ ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނަގޮތުގައި މިޙަމަލާގައި ފުރަތަމަ ބޮން ގޮއްވާލާފައިވަނީ އެ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލް އަށް ވަންނަ ދޮރުކައިރީގައި ހުރި ފުލުހުންގެ ޗެކްޕޯސްޓްގެކައިރީގައެވެ.
ދެވަނަ ބޮމެއް އެއާޕޯޓުގެ ވެހިކަލް ޕާކްކޮށްފައި ހުންނަ ސަރަހައްދެއްގައެވެ.
މި ހަމަލާގެ ފަހަތުގައިވަނީ ޓެރަރިސްޓް ޖަމާއަތެއްކަމަށާ، އެއީ ކޮން ބައެއްކަން މިހަރު ދެނެގަނެވިފައިވާ ކަމަށް ތުރުކީ ސަރުކާރުން ހާމަކުރެއެވެ. އެހެން ތަހުގީގު ކުރިއަށް ދާތީ ތަފްސީލްހާމަކުރަން ތުރުކީ ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.