
މިޔުޒިކް ދާއިރާގައި ޙަރަކާތްތެރިވާ ފަންނާނުންގެ ޚިޔާލު ހޯދުމަށް ފޯރަމެއް ބޭއްވުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ނިންމަވައިފިއެވެ.
މި ފޯރަމް އޮންނާނީ ޖެނުއަރީ 21 ވަނަ ދުވަހުގެރޭ މާފަންނު ޔޫތު ސެންޓަރު ސެމިނަރ ރޫމުގައެވެ.
މި ފޯރަމުގައި ސަޤާފީ، ޒަމާނީ، މިޔުޒިކް ގްރޫޕުތަކާއި، މިޔުޒިކީ ފަންނާނުންނާއ، ސަޤާފީ އަދި ޒަމާނީ ނެށުންތެރިންނާއި، ކުޅިވަރު ގުރޫޕުތަކާއި ސްޓޫޑިއޯ ފަންނާނުން ބައިވެރިވެއެވެ.
ހެރިޓޭޖު މިނިސްޓްރީން ވިދާޅުވީ މިއީ ފަންނާނުންގެ މަސައްކަތުގައި ދިމާވާ މައްސަލަތަޖާއި ގޮންޖެހުންތައް އަޑުއެހުމަށް ބާއްވާ ފޯރަމެއް ކަމަށެވެ. ފަންނާނުންގެ އަޑު އެހުމަށްފަހު، މިނިސްޓްރީން ކޮށްދެއްވާ ކަންކަން އެމީހުންގެ ޚިޔާލާއެކު ކުރުމަށް މީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ތަފާތު ދާއިރާތަކުން މިޔުޒިކް ކުޅޭ މީހުން އުޅޭ ކަމަށާއި އެހެން ކަމުން އެހެން މުޢައްސަސާތަކާ ގުޅިގެން ވެސް ކޮށްދެވިދާނެ ކަންކަން ހުންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.