ޙުކުމް ތަންފީޒު ކުރުމަށް ހޯދަމުން ދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ބަންދުކޮށްފި

ޙުކުމް ތަންފީޒު ކުރުމަށް ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު މިއަދު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޢުމަރުން 41 އަހަރުގެ އެމީހާ ބަންދުކޮށްފައިވަނީ ފުލުހުންގެ އިންޓަލިޖެންސާއި، ޅ. ނައިފަރު ޕޮލިސް ގުޅިގެން މިއަދު 12:02 ގައި ހިންގި އޮޕަރޭޝަނެއްގައި ނައިފަރުންނެވެ.

އޭނާ ބަންދު ކުރުމަށްފަހު ފާސްކުރިއިރު އޭނާގެ އަތުން ވަނީ 4.97 ގްރާމުގެ ހެރޮއިން ފެނިފައެވެ.

މި މައްސަލާގައި ބަންދު ކޮށްފައިވަނީ ޙުކުމް ތަންފީޒު ކުރުމަށް ހޯދަމުންދިޔަ މީހެއް ކަމަށާއި، އޭނާއަކީ އަދަބު ލުއިކޮށްދިނުމާއި މާފު ދިނުމުގެ ޤަވާއިދުގެ ދަށުން ދޫކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މީގެ އިތުރަށް ކަސްޓަމުން މިއަދުވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.