ޗިލީ ކޮޕާއެމެރިކާ ކާމިޔާބުކޮށްފި

Cl7dh0rUoAAUZdA.jpg large

ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކޮށް ޗިލީ ކޮޕާއެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ. މިއަދު ހެނދުނު އެމެރިކާގެ ނިއުޖާރޒީގެ މެޓްލައިފް ސްޓެޑިއަމްގައި ކުޅުނު މެޗު ފެނިގެންދިޔައީ ވާދަވެރި ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. މިއަދުގެ މެޗުގައި ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑުޖަހާނެ މާގިނަ ހުސްފުރުސަތުތަކެއް ނުލިބެއެވެ. އެންނަމަވެސް ޗިލީ ޑިފެންސަށް ހެދުނު ގޯހަކުން އާޖެންޓީނާއަށް ވަރަށް ހުސްފުރުސަތެއްލިބުނެވެ. އެހެންމަވެސް ގޯލުގެ ތެރެއަށް ބޯޅަފޮނުވާލެވޭގޮތެއް ނުވިއެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޗިލީގެ މާޝެލޯ އަށް ދެރީނދޫ ކާޑު ހަމަވުމާއެކު ރަތްކާޑު ދައްކާ ވަނީ ދަނޑުން ފޮނުވާލާފައެވެ. 43 ވަނަ މިނެޓާހަމައަށް ޗީލީ 10 ކުޅުންތެރިންނާއެކު ކުޅުނުނަމަވެސް އާޖެންޓީނާއަކަށް އެކަމުގެ ފައިދާއެއް ނުނެގުނެވެ. 43 ވަމަ މިނެޓުގައި އާޖެންޓީނާގެ މާކޮސް ރޮޖޯ ކުރި ފައުލަކާ ގުޅިގެން އޭނާއަށްވެސް ރަތްކާޑު ދެއްކިއެވެ. އެހެންކަމުން މެޗުގެ ބޮޑުބައި ދެޓީމުންވެސް ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެންކަމުން މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0 – 0 އިން އެއްވަރުވެގެންނެވެ.

މިމެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީޖަހައިގެން ޗިލީ މޮޅުވީ 4 – 2 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާގެ ތަރު ލިއޮނަލް މެސީއަށް ޕެނަލްޓީ ގޯލަށް ވައްދާނުލެވުނެވެ. އާޖެންޓީނާއަށް ކާމިޔާބުކުރެވުނީ ޖެވިއާ އާއި ސާޖިއޯ އެގްއޭރީ ޖެހި ފެނަލްޓީއެވެ. މެސީއާއީ ލޫކަސް ބިގްލިއާ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. ޗީލީން ނާކާމިޔާބުވީ ވިދާލްގެ ޕެނަލްޓީއެވެ. އެއީ އެޓީމުގެ ފުރަތަމަ ޕެނަލްޓީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.