
ގޭހުގެ ޚިދުމަތް ދިނުމުގައި ގޭސް ފުޅީގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުން ގޭސް ވިއްކާ ދެ ކުންފުންޏަކާ އެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް (އެފް.އާރް.އެސް) އިން މަޝްވަރާ ކޮށްފިއެވެ. އެފް.އާރް.އެސް އިން މިއަދު މަޝްވަރާތައް ކުރިއަށޤ ގެންގޮސްފައިވަނީ ވިލާ ގޭހާއި މޯލްޑިވް ގޭސް އާ އެކުއެވެ.
މި ބައްދަލުވުމަކީ އަލިފާނުގެ ހާދިސަތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމަށް އެފް.އާރް.އެސް އިން ކުރާ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން އެކި ފަރާތްތަކާއެކު ބާއްވަމުންދާ ބައްދަލުވުން ތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މިއަދުގެ ބައްދަލުވުމުގައި އަލިފާނުގެ ޙާދިސާތައް ތަޙުޤީޤުކުރުމުގައި އެފް.އާރް.އެސް އާއި ގޭހުގެ ޚިދުމަތްދޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ.
އަދި ގޭހުގެ ޙާދިސާތަކުގެ ތެރެއިން ގޭސްފުޅި ލީކްވާ ޙާލަތްތަކުގައި ހިނގާފާނެ ޙާދިސާތަކުގެ ނުރައްކަލާ މެދު މަޝްވަރާ ކޮށްފައިވެއެވެ. އަދި ގޭހުގެ ޚިދުމަތް ދިނުމުގައި ގޭސް ފުޅީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އިތުރަށް ކުރެވިދާނެ ކަންކަމާމެދު ވެސް މަޝްވަރާ ކުރެވުނެވެ. އަދި ގޭހުގެ ސަބަބުން ހިނގާ ޙާދިސާތަކަށް ޢާއްމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
ރަށް ރަށު އެޖެންޓުން ވަރަށް ފަރުވާ ކުޑަ ހުންނަނީ މަގުމަގށް އުކާފަ