ކަނޑުމަތީގެ އެކްސިޑެންޓެއް ހިނގައި 15 މީހުންނަށް އަނިޔާވެއްޖެ

Accident

ލޯންޗަކާއި ދޯންޏެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި 15 މީހުންނަށް އަނިޔަވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ފޭދޫ ފިނޮޅާއި ވިލިމާލެ އާއި ދެމެދު ދަތުކުރަމުންދިޔަ ދޯންޏަކާއި ލޯންޗެއްޖެހި ގެންނެވެ. މިޙާދިސާ ހިނގުމާއެކު މެރިން ޕޮލިސްގެ ފުލުހުން ވަނީ އަނިޔާލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރޭ 20:15 ހާއިރު ހިނގި މި ޙާދިސާގައި ހިމެނޭ ދޯނީގައި ތިބި 4 މީހަކަށާއި ލޯންޗްގައި ތިބި 12 މީހަކަށް އެކިވަރުގެ އަނިޔާލިބުނެވެ. އެމީހުންނަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަން ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ..

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މެރިން ޕޮލިސް އިން ދަނީ ތަޙްޤީޤު މިހަރު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.