ޕީޕީއެމަށް އައު އެސްޖީއަކު އައްޔަން ކޮށްފި

ޕީޕީއެމަށް އައު ސެކްރެޓަރީޖެނެރަލް (އެސްޖީ) އަކު އައްޔަން ކޮށްފިއެވެ. މިރޭ އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެމަޤާމަށް އައްޔަން ކުރީ ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ މަތީނެވެ.

އޭނާ އެމަޤާމަށް އައްޔަން ކުރީ ކުރިން އެމަޤާމުގައި ހުންނެވި މުޙައްމަދު ޙުސައިން ޝަރީފް ޕީޕަލްސް ކޮންގްރެސް ޕާޓީ އަށް ސޮއި ކުރެއްވުމުން އެމަޤާމް ހުސްވުމުންނެވެ. މަތީން ވެސް އެޕާޓީއަށް ސޮއިކުރެއްވިއެވެ. އެހެންނަމަވެސް އެސްޖީކަމާ ޙަވާލުވީ އަލުން ޕީޕީއެމަށް ސޮއި ކުރެއްވުމަށްފަހުގައެވެ.

މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ޕީޕީއެމްއާ ބެހޭގޮތުން ކޯޓުގައި ހިނގަމުންދާ މައްސަލާގައި އެޕާޓީގެ ފަރާތުން ކޯޓަށް ވަޑައިގަންނަވާނެ ވަކީލުން ވެސް ހަމަޖައްސައިފައެވެ.

ވަކީލިންގެ ޓީމިގައި ހިމެނެނީ ކ. ގުރައިދޫ، ޖަންބުމާގެ، އިބްރާހީމް ރިޒާއި، ޅ. ނައިފަރު، ނަސީމާ މަންޒިލް، ޢަބްދުﷲ ޝިޔާޒާއި، ފުވައްމުލަކު ދޫޑިގަމު، ގޯލްޑަން ގޭޓް، އަޙުމަދު ޝަހީދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.