ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިއަދު މާލެ އަތޮޅު ހިންމަފުއްޓަށް ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރެއްވިއެވެ. އެޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައިފައެވެ. އޭގެ އިތުރަށް ތަނުގެ މިހާރުގެ ހާލަތު ވެސް އެމަނިކުފާނު ބައްލަވައިލެއްވިއެވެ.
މި ޒިޔާރަތުގައި ހިންމަފުށީ ކައުންސިލް މެންބަރުންނާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެރަށު ސްކޫލަށާއި، ހެލްތު ސެންޓަރަށްވެސް ޒިޔާރަތްކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.