
މީގެ ކުރީގެ ސަރުކާރުތަކުން ތަޢުލީމީ ދާއިރާއަށް ނުކުރާވަރުގެ ޚަރަދު މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް އިފްތިތާޙު ކުރުމަށް އާދީއްތަ ދުވަހު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާނެ ކަމުގައެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި މުދައްރިސުންނާއި މައިންބަފައިގެ ބަސް އަޑުއަހައި ފިލާވަޅުތަކަށް ޝައުޤުވެރިކަން ބަހައްޓައި ފަސް ވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާ އެއް ޙާޞިލުކުރުމަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް ނަޞޭޙަތްތެރިވެ ވަޑައިގަތެވެ.