ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އިބްރާހީމް މުޙައްމަދު ދީދީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީ ، ރައީސުލްޖުމްހޫރިއްޔާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަޤާމަށް ޢައްޔަން ކުރެއްވީ އަލްއުސްތާޛު އިބްރާހީމް ދީދީއެވެ. އޭނާ އެމަޤާމަށް ޢައްޔަން ކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި ޙަސަން ޒިލާލް، 2018 ޑިސެންބަރު 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވާފައިވާތީއެވެ.

އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީއަކީ، 2006 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަޤާމުގައެވެ. އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީއަކީ ޝަރީޢާ އެންޑް ލޯ ގެ ދާއިރާއިން ބެޗެލަރ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.